ޕީޕީއެމްގެ 10،000 މެންބަރުންގެ ފޯމު އީސީއަށް ހުށަހަޅައިފި

ޚަބަރު ފަހުގެ ސިޔާސީ

އިދިކޮޅު ޕީޕީއެމްއަށް އަލަށް ގުޅުނު 10،000 މީހުންގެ ފޯމް އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

މި ފޯމުތައް ހުށަހެޅުމަށް ޕީޕީއެމްއާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަން ވަޑައިގެންފަ އެވެ. އިސްކޮށް ހުންނެވީ ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފޯމުތަކާ ހަވާލުވެވަޑައިގަތީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އަލަށް ހުށަހެޅި 10،000 ފޯމަކީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފަރާތުން ޕާޓީ އޮފީހަށް ލިބިފައިވާ ފޯމުތަކެއް ކަމަށެވެ.

ދާއިރާއެއްގެ ރައީސަކަށް ކުރިމަތިލާ ބޭފުޅަކު 50 ފޯމު އަދި ނައިބު ރައީސް ކަމަށް ކުރިމަތިލާ ބޭފުޅަކު 25 ފޯމު ހުށަހެޅުން އެއީ ޝަރުތެއްގެ ގޮތުގައި ޕީޕީއެމް އިން ވަނީ ކަނޑައަޅާފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ