މާޅޮސް ކައިރިން ބަންޑުން ޖަހާލާފައި އޮތް ލޯންޗެއް ފެނިއްޖެ

ޚަބަރު ފަހުގެ

އއ.މާޅޮހުގެ ދެކުނުން ބަނޑުން ޖަހާލާފާއި އޮތް ލޯންޗެއް ފެނިއްޖެއެވެ.

ލޯންޗު ފެނުނުއިރު މި ލޯންޗުގައި އަދި އެ ސަރަހައްދު މޫދުގައި ވެސް މީހަކު ނެތެވެ. 

އިޝްތިހާރު
އިޝްތިހާރު

އެ ލޯންޗު ބަންޑުން ޖަހާލިއިރު ލޯންޗުގައި އެއްވެސް މީހަކު ހުރިތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް އެމްއެންޑީއެފްއިން މިހާރު ދަނީ އެ ލޯންޗާއި ގުޅޭ މައުލޫމާތު ސާފުކުރަން މަސައްކަތް ކުރަމުން ނެވެ. 

އެހެންކަމުން، ލޯންޗާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ،3398898 ނަންބަރަށް ގުޅުމަށް އެމްއެންޑީއެފް އިން އެދެއެވެ. 

ވައިބަ ކުރާނަމަ 9931082 އަދި ފެކްސް ކުރާނަމަ 3391665 ނަމްބަރަށް ފެކްސްކުރުމަށް ވެސް އެމްއެންޑީއެފްއިން ވަނީ އެދިފަ އެވެ.

މި ލޯންޗު ބަންޑުންޖަހާލާފައި އޮއްވާ ފެނުނު ގޮތާއި ގުޅޭ މައުލޫމާތެއް ވެސް އެމްއެންޑީއެފްއިން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ