ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކަކާއެކު މާލެއިން ދެމީހަކު ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ، މާލޭ މަގުމަތިން ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް ދެމީހަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އޮގަަސްޓް މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެ އޮޕަރޭޝަނުގެ ތެރެއިން، އެ މީހުން ދުއްވި ކާރު ހެންވޭރުން ހުއްޓުވައި ބަލައި ފާސްކުރިއިރު 96 ބިޔަރު ދަޅާއި، 12 ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން، 28 އަހަރުގެ މީހާ ދޫކޮށްލާފައިވާއިރު، 27 އަހަރުގެ މީހާ ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންނެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ