ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހާ ހޯދުން ހުއްޓާލައިފި

ޚަބަރު ފަހުގެ

އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ލޯންޗުން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

އެ ލޯންޗުން ދަތުރުކުރީ ދެމީހުން ނެވެ. އޭގެތެރެއިން އެކަކު ފެރިދޫ ފުއްޓަރު ފަރާތުން ފެނުނުއިރު އަނެކަކު ނުފެނެ އެވެ. ގެއްލިގެން ހޯދަމުންދަނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު ކިޔާ އުމުރުން 28 އަހަރުގެ ޒުވާނެކެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓުގާޑު ގުޅިގެން ކުރަމުންދާތާ ހަތަރު ދުވަސް ވެއްޖެ އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފް އިން މިއަދު ބުނީ ހޯދުމުގެ މަސައްކަތް މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އެމްއެންޑީއެފްއިން ބުނިގޮތުން މިންހާޖު ހޯދުމަށް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި އިއްޔެވެސް 300 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދު ބެލިފައިވާ ކަމަށެވެ. އަދި ހަތަރު ދުވަސްތެރޭ ވައިގެ މަގުން 2000 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 665 އަކަ ނޯޓިކަލް މޭލު ގެ ސަރަޙައްދު ބެލިފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ