މަހްރަމަކާ ނުލައި އަންހެނުންނަށް ހައްޖަށާއި އުމްރާއަށް ދެވޭގޮތް ހަދައިފި

ޚަބަރު ފަހުގެ

ހައްޖުގެ މަތިވެރި އަޅުކަމަށް ނުވަތަ އުމްރާގެ އަޅުކަމަށް އަންނަ އަންހެނަކާއެކު މަހްރަމަކު ދަތުރުކުރުން ލާޒިމް ނޫންކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފިއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީގް އައްރާބިއާ ވިދާޅުވީ، ދުނިޔޭގެ އެއްވެސް ހިސާބަކުން ހައްޖުގެ އަޅުކަމަށް ނުވަތަ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ އަންހެނަކާއެކު މަހްރަމަކު ދަތުރުކުރުން ލާޒިމްކޮށްފައި އޮތްއޮތުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހައްޖުގެ އަޅުކަމަށް ނުވަތަ އުމްރާގެ އަޅުކަމަށް އަންނަ އަންހެނުން މަހްރަމަކާއެކު ދަތުރުކުރަން އޮންނަ އޮތުން ބާތިލްކުރިކަން ޑރ. ތައުފީގް އައްރާބިއާ ހާމަކުރެއްވީ، މިސްރުގެ ގާހިރާގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް ނުވަތަ އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ އަންހެނުން މަހްރަމަކާއެކު ދަތުރުކުރަންޖެހޭ ގޮތަށް އޮންނަ އޮތުމުގެ މައްސަލަކީ ޚިޔާލުތަފާތުވުންތައް އޮންނަ މައްސަލައެކެވެ.

މަހްރަމަކާއެކު ދަތުރުކުރަން ޖެހޭގޮތަށް އޮތްއޮތުން ބާތިލްކުރި ސަބަބާ ބެހޭގޮތުން ސައުދީ ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ