ޕޯސްޓްމޯޓަމަށް ފަހު އަޒްހާންގެ ހަށިގަނޑު ގެނެސްފި، ޖަނާޒާ މާދަމާ

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި އެވެ.

އަޒްހާންގެ ހަށިގަނޑު އިންޑިއާގައި ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނައީ މިރޭގެ ވަގުތެއްގަ އެވެ. އޭނާގެ ޖަނާޒާ މާދަމާ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޯސްޓްމޯޓަމް ނަތީޖާ މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަޒްހާންގެ މަރުގައި މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތެއް ނުކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އަޒުހާންގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ހުޅުމާލޭގައި ހުންނަ ވޯޓާ ޕާކް ކުރިމަތީގައިވާ ހުސް ބިމުންނެވެ.

ފުލުހުންނަށް އެ ހަށިގަނޑު ފެނުނު އިރު، އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އުމުރުން 27 އަހަރުގެ އަޒްހާން ގެއްލިގެން ރިޕޯޓްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭކުންނެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ