ދެ ޝެއިހުންނަށް ވަކީލުން ހަމަޖައްސަން 10 ދުވަސް

ޚަބަރު ފަހުގެ

މި އަހަރުގެ ޔޯގާ ޑޭ ދުވަހު މާލޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ދައުވާ އުފުލާފައުވާ ޝައިޚް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދަށް ވަކީލަކު އައްޔަން ކުރަން ކްރިމިނަލް ކޯޓުން 10 ދުވަސް ދީފި އެވެ.

އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ވަކީލުން ހަމަޖައްސަން 10 ދުވަސް ދިނީ އެ ބޭފުޅުންގެ އެދިވަޑައިގަތުމާ އެކީގަ އެވެ. ފަޒްނޫލާނާއި ނިޝާންގެ މައްޗަށް ދައުވާކުރީ ޖޫން މަހުގެ 21 ގައި ޔޯޑާ ޑޭ ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި އިވެންޓްތަކުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޝެއިހް ނިޝާނާއި ފަޒްލޫންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިއްވަރު ދިނުމުގެ ދައުވާއެވެ. މިކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެ ދުވަހުގެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެން ވެސް ދޫކޮށްލާފައިވާ އިރު، ޖުމްލަ 18 މީހެއްގެ މައްޗަށް ދައުލަތުން ވަނީ އެކިއެކި ދައުވާކޮށްފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ