ޝަހީބް އިތުރު ތިން ގައުމަކަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި

ޚަބަރު ފަހުގެ

ރާއްޖެ އިން 3 ގައުމަކަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ހ. ޖެހޭވައި، އިބްރާހީމް ޝަހީބް އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ނޭޕާލާއި، ބޫޓާންގެ އިތުރުން އަޒަރްބައިޖާނަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި އިބްރާހީމް ޝަހީބް ހަމަޖައްސަން ބޭނުންފުޅުވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސްގެ ސިޓީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު އިއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުވާފައެވެ.

ދިވެހިރާއްޖެއިން އިންޑިއާ އަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ޝަހީބް އައްޔަންކުރައްވާ މިމަހުގެ 10 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަގާމުގެ ފަތްކޮޅު ދެއްވާފަ އެވެ.

އިބްރާހީމް ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަރ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

އިބްރާހީމް ޝަހީބް، މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޗީފް ޕްރޮޓޮކޯލްގެ މަޤާމާއި، އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމު ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ