މަގުމަތިން ހޮވައިގެން ގެނައި 10،000 ރުފިޔާގެ ވެރިއަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި

ޚަބަރު ފަހުގެ

މަގުމަތިން ހޮވައިގެން މީހަކު ހަވާލުކުރި 10،000 ރުފިޔާގެ ވެރިއަކު ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12:04 އެހައިކަންހާއިރު ބޮޑުތަކުރުފާނު މަގު، އެއް ނަމްބަރު ފާލަން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ހުދުކުލައިގެ ސިޓީއުރައެއްގައި ހުރި 10،000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށް މިހާތަނަށް ފުލުހުންކުރި މަސައްކަތުން ވެރިފަރާތް ހޯދިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

ވީމާ މި ފައިސާތަކުގެ ވެރިފަރާތުން، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށާއި އިތުރު މައުލޫމާތު ބޭނުންފުޅުނަމަ 9631696 އަށް ގުޅުމަށް ފުލުހުން އެދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ