މަސް ހިފަން މޫދުގައި އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ޚަބަރު ފަހުގެ

ޑިންގީއެއްގައި މަސް ހިފަން ގޮސް މޫދަށް ފޭބި ދެ މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:32 ހާއިރު އެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފް އިން ބުނީ ސ. ހިތަދޫ އިން ފުރައިގެން މަސް ހިފަން ދިޔަ ޑިންގީ އަކުން މަސް ހިފަން ފޭބި ދެ މީހުންގެ ތެރެއިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މީހާގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ސިފައިން އެދިފައިވެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ