ނޭމާ ކޮވިޑަށް ފައްސިވެއްޖެ

ކުޅިވަރު ފަހުގެ

ނޭމާ އާއި ޕީއެސްޖީގެ ތިން ކުޅުންތެރިއަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ ޕީއެސްޖީ އިން ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުގައި ޕީއެސްޖީގެ 3 ކުޅުންތެރިން ކަމަށްވާ ނޭމާ، ޑި މާރިއާ އަދި ޕަރޭޑަސް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި ތިން ކުޅުންތެރިން ފައްސިވުމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ޕީއެސްޖީ އިން މިކަން ކަށަވަރު ކޮށްދީ ކުރި ޓްވީޓުގައި ބުނެފައިވެއެވެ.

އަދި ކުރިއަށް އޮތް ތަނުގައި ޕީއެސްޖީގެ ހުރިހާ ކުޅުންތެރިންނާއި މުވައްޒަފުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.

ސްޕެއިންގެ ރަށެއް ކަމުގައިވާ އިބްޒާ އަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ކޮވިޑް19 އަށް ފައްސިވި ޕީއެސްޖީގެ މި ތިން ކުޅުންތެރިން ވެސް މިހާރު ވަނީ ކަރަންޓީނު ކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ