ދަރުމަވެރިކަމުގެ ދާއިރާއިންދޭ ޒުވާނުންގެ އިނާމް، ހދ. ހަނިމާދޫ، ރިލީފް، ފިރާޝާ މުހައްމަދަށް ލިބިއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ދަރުމަވެރިކަމުގެ ދާއިރާއިންދޭ ޒުވާނުންގެ އިނާމް، ހދ. ހަނިމާދޫ، ރިލީފް، ފިރާޝާ މުހައްމަދަށް ލިބިއްޖެއެވެ.

ގާލްގައިޑްގެ މަގްސަދުތައް ހާސިލް ކުރުމަށް އަންހެނުންނާއި އަންހެން ކުދިން ތަމްރީނު ކުރުމަށް ހިލޭސާބަހަށް މަސައްކަތް ކުރައްވާ ފިރާޝާ ވަނީ 2003 ވަނަ އަހަރު ޕްރެސިޑެންޑްސް އެވޯޑް ހާސިލްކޮށްފައެވެ. މީގެ އިތުރުން އެނާ ވަނީ ގާލްގައިޑްގެ އެސޯސިޔޭސަންގެ ގިނަ އިސްމަގާމްތަށް ފުރުވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އަންހެނުންނާ ދެކޮޅަށް ކުރާ އަނިޔާ، އިންޓަނެޓްގެ ރައްކާތެރިކަން ފަދަ ކަންކަމުގައި މީހުން ހޭލުންތެރިކުމުގެ މަސައްކަތުގައި ވެސް ފިރާޝާގެ ދައުރަކީ ފާހަގަކޮށްލެވޭ ދައުރުކެވެ.

މީގެ އިތުރުން އެނާ ވަނީ މުސްހަފް މާލްދީފްގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްތައް ހެދުން ފަދަ މަސައްކަތްތައް ކުރައްވާފައެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ޒުވާނުން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ ހިތްވަރުދީ، ޒުވާނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މިފަހަރުގެ ޒުވާނުންގެ އެވޯޑު ނުވަ ދާއިރާއަކަށް ހާއްސަކޮށްގެން ދިން ނަމަވެސް 18 ދާއިރާއަކަށް ހުޅުވާލިއެވެ.

ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ.

މި އަހަރު ޒުނާނުންގެ އެވޯޑް ހާސިލް ކުރި އިތުރު ފަރާތްތައް:

  • ނެޝަނަލް ޔޫތް ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ހޮވާ ލެވޭ ޒުވާނަކަށް ޔޫތު މިނިސްޓަރު ދެއްވާ ހާއްސަ އިނާމު- އަހްމަދު އަހްނަފް ފިރާގު
  • މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމުގެ ދާއިރާ: އާފިރު މުހައްމަދު
  • ދިވެހި ބަހާއި ސަގާފަތަށް ހިދުމަތްކުރުމުގެ ދާއިރާ: އަލީ އަމީރު
  • ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާ: އިބްރާހިމް ޝަރީފް ހަސަން
  • ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާ: އަބްދުއްލާ ޝަހުނީޒު
  • ވިޔަފާރި އާއި އިގުތިސާދުގެ ދާއިރާ: މުހައްމަދު ޖައިލަމް
  • ފަންނުވެރިކަމުގެ ދާއިރާ: އަބްދުﷲ ޝަފީއު
  • ދަނޑުވެރިކަމުގެ ދާއިރާ: އަލީ ރަޝީދު
  • ކުޅިވަރުގެ ދާއިރާ: ނީޝާ ހަލީމު
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ