ހދ.އަތޮޅު ކައުންސިލު ވެންޓިލޭޓަރުގައި

ރިޕޯޓް ފަހުގެ

ހދ. އަތޮޅުގެ ރަށުކައުންސިލުތަކުގެ ބެލެނިވެރިފަރާތްކަމަށްވާ ހދ އަތޮޅު ކައުންސިލް އޮތީ ނޭވާ ހޮޅިއަށް އެޅި ވެންޓިލޭޓަރަށް ލާންޖެހިފައެވެ. މިފަހަރުގައި މިހެން މިބުނަނީ އެކައުންސިލް މިފަހުން ހދ ރަށްތަކަށް ކުރި ދަތުރުގެ ތެރެއިން ހދ ހަނިމާގައި ބޭއްވި އެ ކައުންސިލްގެ 65 ވަނަ އާންމު ބައްދަލުވުމުގެ އަޑުއެހުމަށް ފަހުއެވެ.

އެޖަލުސާ ހަނިމަދޫގައި ފެށީ އެދުވަހު ހެނދުނު ހަނިމަދޫ ކައުންސިލް ހޯލުގައެވެ. ފެށިއިރު އެޖަލުސާގެ އެޖެންޑާ ހދ އަދޮޅު ކައުންސިލުން އާއްމުކޮފައެއް ނުވެއެވެ. ނަމަވެސް މެންބަރުންނަށް 2 ދުވަސް ކުރިން އެޖެންޑާ ފޮނުވާފައިވާކަން ޖަލުސާގެ ތެރެއިން ލިބުނު ހުުސްވަގުތު ތެރޭ އިދާރީ މޭޒުން ސާފުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެން އުފެދޭ ސުވާލަކީ ކައުންސިލުގެ އާއްމު ބައްދަލުވުންތަކުގެ އެޖެންޑާ އަދި ޔައުމިއްޔާ ނުވަތަ ނިންމުތަށް ހަމައެކަނި ހދ ކުޅުދުއްފުށީގައި ހުންނަ އެ ކައުންސިލުގެ އޮފީސް ބޭރަށް ނެރުލުމުން ހދގެ ރައްޔިތުންނަށް ފެންނާނެ ތޯ އުފެދޭ ސުވާލެވެ. މިި ސުވާލުގެ ޖަވާބަކީ އެބަލަން ކޮންމެ ރައްޔިތަކަށް ކުޅުދުއްފުއްޓަކަށް ނުދެވޭނެކަމެވެ.

ރާއްޖޭގެ ވަނަތަށް ހޯދާ ކައުންސިލްތަކަށް ނަޒަަރު ހިންގާއިރު އެމީހުންގެ ވެބުސައިޓުން އިސްވެބުނި ތަކެތި ރައްޔިތުންނަށް ފޯރުކޮށްދެއެވެ. އެހެނަސް އިހު ބުނި ފަދަ މައުލޫމާތު ހދ ހަތޮޅު ކައުންސިލުން އެމީހުންގެ ވެބްސައިޓް އަދި މީސްމީޑިޔާގައި އާއްމުކޮށްފައެއް ނުހުރެއެވެ. ދެން މިވާހަކަ ކުރުކޮށް ޖަލުސާއަށް ފުންމާލަމާ ހިނގާށެވެ.

އެޖަލުސާގައި އެންމެ ބޮޑު އެއްކަމަކަށް ހުށައަޅާފައިވާ ކަމަކީ ހދ އަތޮޅު ކައުންސިލުން އިންތިޒާމް ކުރާ ހަރަކާތް ތަކުގައި އެކަނުންސިލް މެންބަރުން ބައިވެރި ނުކުރާތީ އެކަން ތަހުގީގު ކުރަން ކޮމެޓީއެއް އެކުލަވާލުމެވެ. އެކަމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން މެންބަރުން ވަނީ ވާހަކަ ދައްކާފައެވެ.

އެގޮތުން އެއް މެންބަރަކު ބުނީ ކޮމެޓީ ހެދިޔަސް އެއްވެސް ކަމެއް ނުވާކަމަށާއި މިހާރުވެސް 100 ކޮމެޓީ ނެގިއްޖެ ކަމަށެވެ. ނަމަވެސް ނަގާ އެއްވެސް ކޮމެޓީ އަކަށް މުގައްރިރެއް ނައިބެއް ނުލައްވާ ކަމަށެވެ. ނަމެއްގައި ކޮމެޓީއެއް ނަގަނީ ކަމަށެވެ. އަނެއް މެންބަރަކު ބުނީ މިފަދަ ހާލަތަކަށް މި ކައުންސިލް ދިޔައީ ކައުންސިލްގެ ރައީސް އުފުލަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާ ނުކުރެވޭތީ ކަމަށެވެ.

ބަހުސް މަރުހަލާއިން އެނގުނު އަނެއްކަމަކީ ކައުންސިލް ބެލެނިވެރިފަރާތުން ނިންމާފައިވާ ނިންމުމަކާއި ދެކޮޅަށް ކޯޓަށް ދިއުމަށްވެސް ހދ އަދޮޅު ކައުންސިލުން ވަނީ ނިންމާފަކަމެވެ. ނަމަވެސް އެކަން މިހާތަނަން ދިޔައިރުވެސް ނުވާކަމަށް މެންބަރުން ފާހަގަ ކުރިއެވެ. އެނިންމުމަކީ ކައުންސިލްގެ ރައީސުންނަށް ވޯޓުގައި ބައިވެރި ވެވެނީ އެއްވަރު ވާހަލަތުގައި އެކަނިކަމަށް ކަނޑައަޅާފައިވާ އިސްލާހެވެ.

އެޖަލުސާގައި ބައިވެރިވި މެންބަރުން ވަނީ 5 މެންބަރުނަން އެކުލެވޭ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި އެކޮމެޓީގެ ރައީސް ކަމަށް ހަނިމާދޫ ކައުންސިލްގެ ރައީސް ހޮއްވަވާފައެވެ.

ދެން އުފެދޭ އަނެއް ސުވާލަކީ ރައްޔިތުންނަށް ނިންމުން ތަކާއި ޔައުމިއްޔާ ނުފެންނަ ކައުންސިލަކުން ކަންކުރަނީ ކިހިނެކަން އިގޭނެ ބާއެވެ؟ މިސުވާލަށް ޖަވާބުދޭން ތިޔަ ރައްޔިތުނަން ދޫކޮށްލާނަމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ