ހަންގޭރީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ޚަބަރު ފަހުގެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދައުވަތަކަށް ހަންގޭރީގެ ފޮރިން އެންޑް ޓްރޭޑް މިނިސްޓަރު ޕީޓާ ސްޒިޖާޓޯ ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުުރުފުޅުގައި ސްޒިޖާޓޯ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާ ބައްދަލުވުމެއް ބާއްވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރަސްމީ ބައްދަލުވުންތަކާއި މަޝްވަރާތަކަށްފަހު ދެ ގައުމުގެ ދެމެދުގައި ތިން އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭން ހަންގޭރީ އަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސިއުލް ޖެނެރަލް މުހައްމަދު އަލީ ޖަނާހު ބާއްވަވާ ހާއްސަ ހަފުލާއެއް ވެސް މިއަދު މެންދުރު ފަހު ކުރުނބާ މޯލްޑިވްސްގައި އޮންނާނެ އެވެ. އެ ހަފުލާގައި ހަންގޭރީގެ ފޮރިން މިނިސްޓަރުގެ އިތުރުން ސަރުކާރު އިސްވެރިންނާއި ފޮރިން މިނިސްޓްރީގެ ވެެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރާއްޖެ އާއި ހަންގޭރީގެ ސިޔާސީ ގުޅުމަށް މިހާރު ވަނީ 47 އަހަރުވެފަ އެވެ. އެކަމަކު މިއީ ހަންގޭރީގެ މިނިސްޓަރަކު ރާއްޖެ އަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ