މާލޭގައި ރޭ ހިނގި އަލިފާނުގެ ހަދިސާގައި 08 މީހަކު މަރުވެއްޖެ

ޚަބަރު ފަހުގެ

މާލޭ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި ގިނަ ބަޔަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަލިފާން ރޯވި ގޭގައި ދިރިއުޅުނު މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި 9 މީހަކު މަދުވެފައިވާކަމަށާއި،  މިހާތަނަށް 9 މީހުން ފެނުނު އިރު 8 މީހަކު މަރުވެފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެކަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރު 12:30 ހާއިރު ލިބުމާ ގުޅިގެން ފަޔަ އެންޑް ރެސްކިއުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ ފަތިހު 4:34 ހާއިރު ކަމަށް ސިފައިން ބުންޏެވެ.

އަލިފާން ރޯވީ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގައެވެ. އެއީ މ. މ. ސެންރޯސް ކިޔާ ގެއެއްގައި ހުންނަ ގަރާޖެކެވެ.

ފުލުހުންނާއި ސިފައިން އަންނަނީ އަދިވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ