ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި ކިޔެވުން މެދުކަނޑައިލައިފި

ޚަބަރު ފަހުގެ

ހުޅުމާލޭ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައި މިއަދަށް ކިޔެވުން މެދުކަނޑައިލައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ މިއަދު ހެނދުުނު 6:30ހާއިރު ކަމަށެވެ. އެއާއެކު ހުޅުމާލެ ފަޔާ އެންޑް ރެސްކިއުއިންވަނީ އެ އަލިފާންގަނޑު 07:19ހާއިރު ނިއްވައިލައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަލިފާން ރޯވެފައިވަނީ އެ ސްކޫލުގެ ހަތަރުވަނަ ފްލޯއާއި ފަސްވަނަ ފްލޯގައި ހުރި ކަރަންޓު ބޯޑެއްގައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. މި ހާދިސާގައި އިތުރަށް ބަލަންޖެހޭ ކަންކަން ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ހާދިސާގެ ކަންކަން މެނޭޖުކުރިއިރު ދަރިވަރުންގެ ރައްކާތެރިކަމަށް ސަމާލުކަން ދީފައިވާނެކަމަށްށެވެ. އަދި މިހާރު ކަރަންޓު ނެތް ފްލޯތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ