އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

ޚަބަރު ފަހުގެ

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެންމެންގެ ހަށިގަނޑު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

ނިރުފެހީގައި ހިންގި ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅުނު ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުންނާއި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އެހާދިސާގައި މަރުވި ހުރިހާ ބިދޭސީންގެ ހަށިގަނޑު މިހާރު ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ.

އެހާދިސާގައި މަރުވި އަށް އިންޑިއާ މީހުންގެ ހަށިގަނޑު މިދިޔަ ހޯމަ ދުވަހު ގައުމަށް ފޮނުވާލާފައިވާއިރު، މިއަދު ފޮނުވާލާފައިވަނީ މަރުވި ބަންގްލަދޭޝްގެ އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ