ރައީސްގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނި މައްސަލަ ބަލަން ފަށައިފި

ޚަބަރު ފަހުގެ


ޗެނަލް13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި މީހަކު ދެއްކި ވާހަކައެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭކަމަށް ބުނެ ދެއްކި ވާހަކަ ފުލުހުން ބަލަން ފަށައިފިއެވެ.

“ރައްޔިތުންގެ އަޑު” ކިޔާ ޕްރޮގްރާމެއްގައި އެހުންތެރިޔަކު ވަނީ ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖަހަން ޖެހޭ ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ މައްސަލާގައި ޗެނަލް13 ބަންދު ކުރުމަށާއި އަދި އެ ވާހަކަ އެގޮތަށް ދެއްކި މީހާގެ މައްސަލަ ބެލުމަށް ގޮވާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމީހާ ދެއްކި ވާހަކަ ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. ގިނަބަޔަކު ވަނީ އެމީހާގެ އެ ވާހަކައަކީ ޓެރަރިޒަމް އަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށް ބުނެފައެވެ.

“ވެރިިކަން ވަރަށް އަވަހަށް ނައްތާލަން ޖެހޭ، މިހާރުން މިހާރުން [ރައީސް] އިބްރާޙިމް މުހައްމަދު ސޯލިހް ގައިގާ އަލިފާން ޖަހަން ޖެހޭ” ޕްރޮގްރާމުގައި ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަން ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ