އައި.ޖީ.އެމް.އެޗަށް 13 ލެބޯރެޓަރީ ޓެކްނޮލޮޖިސްޓުން ހޯދަނީ

ޚަބަރު ފަހުގެ

ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ 13 ލެބޯޓްރީ ޓެކްނޮލޮޖިސްޓުން ހޯދުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން އިޢުލާންކޮށްފިއެވެ.

އައި.ޖީ.އެމް.އެޗުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުމަށް ހޯދާ މި 13 ލެބޯޓްރީ ޓެކްނޮލޮޖިސްޓުން މަސައްކަތް ކުރަންޖެހޭނީ ދުވާލަކު 6 ގަޑިއިރު ހަފްތާއެކު 5 ދުވަހު ދަންފަޅި އުޞޫލުންކަމަށެވެ. އަދި މުސާރައިގެ ގޮތުގައި މަހަކު 5610 ރުފިޔާ ދޭނެކަމަށާއި، ސަރވިސް އެލަވެންސްގެ ގޮތުގައި 2500 ރުފިޔާ އަދި ރިސްކް އެލަރވެންސްގެ ގޮތުގައި މަސައްކަތަށް ހާޟިރުވާ ދުވަހަކަށް 100 ރުފިޔާ ކޮންމެ މަހަކު ލިބޭނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި އޯ.ޕީ.ޑީއާއި އައި.ޕީ.ޑީއަށް އަންނަ ބަލިމީހުންގެ ސާމްޕަލްތަކާއި، ހެލްތު މިނިސްޓްރީއާއި ޕަބްލިކް ހެލްތު މެދުވެރިވެގެން އަންނަ ސާމްޕަލްތައް ބަލައިގަތުމާއި އައިޑެންޓިފިކޭޝަންތައް ޗެކްކުރުމާއި، ކުރަންޖެހޭ ތަޙްލީލުތަކުގައި ލަފާ ހޯދަންޖެހޭ ފަރާތްތަކާއި ގުޅައިގެން ލަފާހޯދާ، ބަލިމީހާއަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދީ ބަލިމީހާއަށް ބޭނުންވާ މަޢުލާމާތު ސާފުކޮށްދިނުން ހިމެނެއެވެ. އަދި ޑިއުޓީ ތަކުގައި ކުރަންޖެހޭ ޓެސްޓުތައް ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރ އާއި އެއްގޮތަށް ޕްރޮސެސްކުރުމާއި ޓެސްޓުތައް ފުރިހަމަކުރުމާއެކު، ރިޕޯޓްތައް ނިންމުމަށް ކަނޑައެޅިފައިވާ ގަޑިއަށް ތައްޔާރުކުރުމާއި ރެޖިސްޓްރީތަކުގައި ލިޔަންޖެހޭ ނަތީޖާތައް ރަނގަޅަށް ލިޔެ ޗެކްކޮށް ފުރިހަމައަށް ބެލެހެއްޓުންވެސް ހިމެނެއެވެ.

ހަމައެހެންމެ ކޮމްޕިއުޓަރ ސިސްޓަމަށް އެންޓަރކޮށް ބެލެހެއްޓުމާއި، ޓެސްޓް ނަތީޖާއާއި ބެހޭގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބުދިނުމުގެ އިތުރުން ޚާއްޞަ ލެބޯޓްރީ ޓެސްޓުތައް ކުރުމާއި، ކުރެވޭ ޓެސްޓުތައް އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރުންވެސް މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.

މެޑިކަލް ލެބޯރެޓަރީ ނުވަތަ މެޑިކަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 14 ގެ ނިޔަލަށް އައި.ޖީ.އެމް.އެޗުން ވަނީ ހުޅުވާލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ