ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން އިފްތިތާހުކޮށްފި

ޚަބަރު ފަހުގެ

ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން އިފްތިތާހުކޮށްފި އެވެ.

ދަރުބާރުގޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިޝްތިހާރު
އިޝްތިހާރު

ހެލްތް މިނިސްޓްރީން ބުނީ މި ކޭމްޕޭން ހިންގުމުގެ ބޭނުމަކީ ފަރުދުންނާއި މުޖްތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށާއި ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ ފަރާތްތަކާ މެދު ދެކޭ ނޭދެވޭ ގޮތްތަކާއި ވިސްނުންތައް ބަދަލުކޮށް ތަފާތުކުރުން ނައްތާލުމަށް މަސައްކަތް ކުރުން ކަމަށެވެ.

މި ކެމްޕޭނުން ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި ފަރުދުންގެ ޤާބިލްކަން އިތުރުކޮށް ކުރިމަތިވާ އުނދަގޫ އިހްސާސްތައް ތަހައްމަލުކުރަން ދެނެގަނެ އެކަންކަމުން އަރާގަތުމުގެ ޤާބިލްކަން އުފެއްދުމާއި، އަމިއްލަ ނަފްސަށް އަޅާލުމަށް ކުރަންޖެހޭ ކަންކަން އެނގި އެކަން ކުރެވޭނެ ޤާބިލްކަން ފަރުދުންގެ މެދުގައި އުފެއްދުމާއި ނަފްސާނީ ކަންކަމަށް ހޭލުންތެރި، ބާރުވެރި އަދި އަޅާލާ މުޖުތަމަޢުއެއް ބިނާކުރުމާއެކު، ވިސްނުމުގެ ތަފާތު ހުރިނަމަވެސް އެކަކު އަނެކަކު ބަލައިގަނެ، އަޅާލާ ޒިންމާދާރު މުޖްތަމަޢެއް އުފެއްދުން ހިމެނެ އެވެ.

މިކެމްޕޭނަކީ ޔުނިސެފުގެ އެހީތެރިކަމާއެކު ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކެމްޕޭނެކެވެ.

މިއީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭނެ ކެމްޕޭނެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ