ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތްތައް ދިނުމަށް ހުއްދަ ދޫކުރަނީ

ޚަބަރު ފަހުގެ

އަންނަ އަހަރު ނިމުމުގެ ކުރިން ޑްރޯން ބޭނުންކޮށްގެން މަދަނީ ހިދުމަތްތައް ދިނުމަށް ހުއްދަ ދޫކުރުމަށް ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅޭގޮތުން މިނިސްޓަރުގެ ހިތޯބުގައި ވިދާޅުވީ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމުގެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރެވޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ޑްރޯން އެރުވުމާ ބެހޭ އުސޫލެއް މި އަހަރު ނިމުމުގެ ކުރިން ސިވިލް އޭވިއޭޝަން އޮތޯރިޓީން ގެޒެޓުކޮށް، ރާއްޖޭގައި އިތުރު ހަރަކާތް ހިންގުމުގެ ގޮތުން އަންނަ އަހަރު ޑްރޯން ބޭނުންކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަހުލާ ވަނީ ރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ތަރައްގީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވައިފަ އެވެ. އޭވިއޭޝަން ދާއިރާގެ ތަރައްގީ އާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުން ގެންގުޅޭ ސިޔާސަތެއްކަން ފާހަގަކުރެއްވި އެވެ.

އެގޮތުން 2019 ވަނަ އަހަރާ އަޅާ ބަލާއިރު ބައިނަލްއަގުވާމީ އުދުހުންތަކުގެ ހަރަކާތްތައް 97 ޕަސެންޓު އިތުރު ކަމަށާއި އެތެރޭގެ އުދުހުންތަކުގެ ހަރަކާތްތައް 90 ޕަސެންޓު އިތުރު ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އިންޓަނޭޝަލަން ފަސް އެއާޕޯޓަކާ އެކު ޖުމްލަ 18 އެއާޕޯޓަކުން ހިދުމަތްދެމުން އަންނަ ކަމަށާއި އަންނަ އަހަރު އިތުރު އިންޓަނޭޝަނަލް ޓާމިނަލެއް ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ