ރިޟްވާން ވަނީ ކަރުބުރިކޮށްލާ މަރާލައިފައި، އެކަން ކުރީ ކަންނެލި ދޯންޏެއްގައި: މަރު ކޮމިޝަން

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަމުން ދިޔަ ނޫސްވެރިޔާ ރިޟްވާން އަހުމަދު ވަނީ ޝަހާދަތުގެ ދެކަލިމަ ލައިދިނުމަށްފަހު ކަރު ބުރިކޮށްލާ މަރާލާފައިކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން ބުނެފިއެވެ.

މަރު ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިޟްވާން ވަގަށް ނަގައިގެން ޑިންގީއަކަށް އަރުވައިގެން ގެންދިޔައީ ކަންނެލި ދޯންޏަކަމަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ދޯންޏަށް އެރުވުމަށްފަހު، ޝަހާދަތް ލައިދީ، ކަރުބުރިކޮށްލުމަށްފަހު، ހަށިގަނޑު ކަނޑު ފައްތާފައިވާކަމަށް ފަރީޝާ ވިދާޅުވިއެވެ. ދޯނީގައި ތިބި މީހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުންނާއި ކުށް ކުރާ ފަރާތްތައްވެސް ހިމެނޭކަމަށް ފަރީޝާ ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރާ ކޮމިޝަނުން އަޙްމަދު ރިޟްވާން ޢަބްދުاللهގެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވައިފައެވެ. މި ރިޕޯޓް އެރުވުމަށްފަހު ކޮމިޝަނުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވައިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ