ގިރާވަރުފަޅު ތަރައްގީ ކުރާނެ އިންވެސްޓަރުން ހޯދަނީ

ޚަބަރު ފަހުގެ

މާލޭގެ މީހުންނަށް ގޯތި ދޭން ނިންމާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު ހިއްކައިގެން އެ ތަން ސިޓީއަކަށް ހަދަން ބޭނުންވާ ފައިސާ ހޯދަން އިންވެސްޓަރުންނަށް ހުޅުވާލައިފި އެވެ.

ގިރާވަރު ފަޅު ރެޒިޑެންޝަލް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް އެ ގަރާރުގައި ވެ އެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް އިންވެސްޓަރުންނަށް ހުޅުވާލުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގިރާވަރު ފަޅު ސިޓީއެއްގެ ގޮތުގައި ހަދަން ފައިނޭންސް ކުރަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް މިހާރުން ފެށިގެން ހުށަހެޅޭނެ އެވެ.

އެ އިއުލާނުގައި ވާ ގޮތުން، ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ ވެސް ފަސް މިލިއަން ޑޮލަރެވެ.

އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކުން އިކޮނޮމިކް މިނިސްްޓްރީގެ އީމެއިލް (investmaldives@trade.gov.mv) އަށް އެޕްލިކޭޝަން ފޯމު ހުށަހެޅޭނެ އެވެ.

އެ ފުރުސަތު ބަންދުކުރާނެ ވަކި ދުވަހެއް އާންމުކޮށް އަންގަންދެން ހުޅުވާލައިފައި އޮންނާނެ ކަމަށް މިނިސްޓްރީގެ ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ