ހަނިމާދޫން ދެން ވެލިނެގޭނި ކައުންސިލުން ހުއްދަ ހޯދައިގެން

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ދެން ވެލިނެގޭނީ ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެން ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ.

އިއްޔެ ދިވެހި ސަރުކާރުގެ ގެޒެޓް ގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން އާއްމު ކޮށްފައިވާ އިއުލާން ގައި ވަނީ ރަށުގެ އެކި ސަރަހައްދުން ވަޅުކޮނެގެން ވެލިނެގުން އާއްމުވެ، ރަށުގެ އެކި މަގުތަކަށް ތަދިވެ ނުރައްކާވާ ގޮތަށް އެކި ސަރަހައްދުތަކުން ވެލިނެގުން ވަރަށްބޮޑަށް އިތުރުވެފައިވާކަމަށެވެ. ވެލި މިގޮތަށް ނަގާއިރު ލިބިދާނެ ގެއްލުމަކަށް ވިސްނުމެއް ނެތި ބައެއް ފަރާތަކުން ވެލި ނަގާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިއްޔޭން ފެށިގެ ވެލި، ގައު، އަކިރި ނަގަންވާނީ ކައުންސިލް އިން ލިޔުމުން ހުއްދަ ނަގައިގެން އެހުއްދަ ދޫކުރެވިފައިވާ ތާރިހުގައި އެހުއްދާގައި ވާ ސަރަހައްދު ކަމަށާއި އެހުއްދަ ތަކަށް އެދެފި ހިނދެއްގައި އެހުއްދަ ދެއްކޭހެން މަސައްކަތް ކުރިޔަގެންދިޔުމަށް ވަނީ ހަނިމާދޫ ކައުންސިލް އިއުލާނުގައި ބުނެފައެވެ.

ވެލި ނެގުމުގެ ހުއްދަ ދޫކުރުން ކޮންމެ ރަސްމީ ދުވަހަކު އެ ކައުންސިލުން ކުރިޔަށް ދާނެކަމަވެސް ކައުންސިލުން ބުނެއެވެ.

ހުއްދަނެތި ވެލި ނަގާ ފަރާތައް ހުއްޓުވާ އެފަރާތް ތަކަށްގާނޫނާއި ގަވާއިދުތަކުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ