ސާއްބަ އެނިވަރސަރީ ކަޕް 2022 މިއަދުގެ މެޗަށް ހަމަހަމަ ނިމުމެށް

ހަނިމާދޫ ކުޅިވަރު ފަހުގެ

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން ކުރިއަށް ގެންދާ ސާއްބަ އެނިވަރސަރީ ކަޕް 2022 ފުޓްބޯޅަ މުބާރާތުގެ މިއަދުގެ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ބައްދަލުކުރީ ޔޫތު ފުރެންޑްސް އާއި ޔުނީފޯމްއެވެ. މެޗު ނިންމާލަން ޖެހުނީ ދެ ޓީމަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅުކުދެރިޔަކަށް ހޮވުނީ ޔުނީފޯމް ޓީމްގެ 20 ނަންބަރު ހުސެން ރަމީޒުއެވެ.

އެއާއެކު ގުރޫޕް “އޭ” ގެ ޓީމްތައް މިވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. މި ގޫރުޕްގެ ފުރަތަމަ މެޗުގައި ޝީލްޑް އާއި އަހުލީ ވަނީ 2-2 އެއްވަރު ވެފައެވެ. ދެވަނަ މެޗު މިއަދު ކުޅުއިރު ނިމުނީ ލަޑެއް ނުޖެހިއެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް އޮންނާނެއެވެ. ބައްދަލު ކުރާނީ ރޫހް އަދި ރިއަލް ސްޓަރސްއެވެ. މިއީ ގުރޫޕް “ބީ” ގެ މެޗެކެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ 15:00 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ