ފަހަތުން އަރާ ރިއަލް ސްޓަރސް ބަލިކޮށް ފެލްކަން ފުރަތަމަ ފަހަރަށް މޮޅުވެއްޖެ

ހަނިމާދޫ ކުޅިވަރު ފަހުގެ

ފަހަތުން އަރާ ރިއަލް ސްޓަރސް ބަލިކޮށް ފެލްކަން ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖެހީ ރިއަލް ސްޓަރސް އިްންނެވެ. އެއީ މެޗުގެ 10 ވަނަ މިނެޓުގައި އަލީ ރަޝީދު “26′ ކާމިޔަބު ކޮށްދިން ލަނޑެވެ. ނަމަވެސް ފެލަކަން ވަނީ މެޗުގެ 47 ވަނަ މިނެޓުގައި ނަތިޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި 11 ނަންބަރު މުހައްމަދު ނިހާންއެވެ. އެއާއެކު ފެލްކަން ޓީމުގެ ލީޑު ފުޅާކޮށްދިނީ 70 ވަނަ މިނެޓުގައި 10 ނަންބަރު އަލީ ހަސަންއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗާއެކު ގުރޫޕް ބީއިން ކޮންމެޓީމެއް 2 މެޗު ކުޅެވުނީއެވެ. ތާވަލްގެ އެއްވަނައިގައި އޮތީ ރޫހްއެވެ. ދެވަނައިގައި އޮތީ ރިއަލް ސްޓަރސްއެވެ. ތިންވަނައިގައި އޮތީ ފެލްކަންއެވެ.

މި މުބާރާތުގެ މެޗެއް މާދަމާވެެސް އޮންނާނެއެވެ. ބައްދަލު ކުރާނީ ޔޫތު ފުރެންޑްސް އަދި އަހުލީ އެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ ރަސްމީ ބޯޅަދަނޑުގައި މާދަމާ 16:00 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ