އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އައްބާސް އާދިލް ރިޒާ ގޮވާލެއްވި މައްސަލައިގައި އޭނާ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދުއެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި މައްސަލައިގައެވެ.

އިޝްތިހާރު
އިޝްތިހާރު

އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ.

ބަދަލު ހިފުމުގެ މަސައްކަތް އެމްބަސީން ފަށަން ފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އާންމުންނާއި ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް ބުނެ އެ މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުންނެވެ. ސިޔާސީ ޕާޓީތަކުންވެސް ވަނީ މި މައްސަލަ ބެލުމަށް ގޮވާލާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ