ގެއްލިގެން ހޯދަމުން ދިޔަ މީހާގެ ހަބަރެއްވެއްޖެ

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަމުންދިޔަ މީހާއާ އާއިލާ އާ ގުޅިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ. މާލެއިން ގެއްލިގެން ހޯދަމުންދިޔައީ ލ.މާވަށު، ކުންނާރުމާގޭ، ޢުމުރުން 32 އަހަރުގެ، މޫސާ އަނީސްކަމަށެވެ.

އޭނާ އެންމެފަހުން ފެނުނީ މިމަހުގެ 24 ވަނަ ދުވަހުކަމަށާއި އޭގެ ފަހުން އޭނާގެ ޚަބަރެއް ޢާއިލާއަށް ނުވެގެން އެކަން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރުއެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން ވިދާޅުވީ މިމީހާގެ ހަބަރެއް މިހާރުވެފައިވާކަމަށާއި އޭނާއާ އާއިލާއާ ގުޅިފައިވާކަމަށެވެ. އެހެންނަމަވެސް އޭނާ ފެނުނީ ކޮންތާކުންކަމެއްް ފުލުހުން ހާމައެއް ނުކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ