މާލީ ރިޕޯޓު ހުށަހަޅަން ޖެހޭ ގޮތަށް ހުށަހަޅާފައި ނުވާތީ ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި

ފަހުގެ ސިޔާސީ

މާލީ ރިޕޯޓު ހުށަހަޅަން ޖެހޭ ގޮތަށް ހުށަހަޅާފައި ނުވާތީ އާއި ހުށަހަޅަން ޖެހޭ ތާރީހުގައި ހުށަހަޅާފައި ނުވާތީ، ހަތް ޕާޓީއެއް ޖޫރިމަނާކޮށްފިއެވެ.

މާލީ ރިޕޯޓްތައް ހުށަހަޅަންޖެހޭ މުއްދަތުގައި ހުށަނާޅާތީ ޖޫރިމަނާ ކުރީ އަދާލަތު ޕާޓީ، އެމްއެންޕީ، އެމްއާރުއެމް، ޕީއެންސީ، ޑީއާރުޕީ، އެމްޓީޑީ އަދި އެމްއެލްއެސްޑީޕީއެވެ.

އިޝްތިހާރު
އިޝްތިހާރު

އިލެކްޝަންސް ކޮމިޝަނުން އެ 7 ޕާޓީ ޖޫރިމަނާ ކޮށްފައިވަނީ 20،000 ރުފިޔާއިންނެވެ. އެކަން އެ ޕާޓީތަކަށް މިހާރު އަންގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާގޮތުން ކޮންމެ ޕާޓީއަކުން ވެސް ފާއިތުވީ އަހަރުގެ މާލީ ހިސާބުތަކާއި އަރަންޏާއި ދަރަނީގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް އެންމެ ލަސްވެގެން ކޮންމެ އަހަރެއްގެ މާޗް 31ގެ ކުރިން އީސީއަށް ހުށައަޅަން ޖެހެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ