ތެޔޮބޯޓެއްގައި ހުރި ބިދޭސީއަކު ގެއްލިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

ޚަބަރު ފަހުގެ

“އެޗްއެމް02″ ނަކަށްކިޔާ ތެޔޮ ބޯޓެއްގައި ހުރި ބިދޭސީއެއް ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ތ.ހިރިލަންދޫއިން ފުރައިގެން ތ.ވޭމަންޑޫއަށް ދަތުރުކުރި ތެޔޮ ބޯޓުގައި ހުރި ފަޅުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިރޭ 19:20 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ފާށާފައެވެ. އެގޮތުން ކުރި މަސައްކަތުން މި މީހާ ފެނިފައިވަނީ މިރޭ 20:04 ހާއިރުއެވެ. އަދި މި މީހާ ފެނުނުއިރު ވަރަށް ބޮޑަށް ވަރުބަލިވެ ކޮންމެވެސް ވަރަކަށް ވަނީ ލޮނުބޮވިފައެވެ.

އެ ބިދޭސީ މީހާ މިހާރުވަނީ އިތުރުފަރުވާއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން ތ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ