މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

ޚަބަރު ފަހުގެ

މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޙަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށްކިޔާ ބަޔަކާއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީނެވެ.

އިޝްތިހާރު
އިޝްތިހާރު

ވިލިމާލޭ މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމަށް 12 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި މަސައްކަތް އަލްޓެކް މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ފުރިހަމަކުރާ ގޮތަށެވެ.

މި މަޝްރޫޢަކީ 2021 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫޢެއްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ