ވ.އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑުން ސާމްޕަލް ނެގުމަށްފު ވަޅުލައިފި

ޚަބަރު ފަހުގެ

ވ.އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލައިފިއެވެ.

ވ.އަތޮޅުގެ ވެންފަރު ފަޅުގެ ހުޅަނގު އުތުރުން މި ހަށިގަނޑު ފެނުނީ ފާއިތުވި މަހުގެ ދެވަނަ ދުވަހުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން މި މައްސަލައާ ގުޅިގެން މިއަދު ބުނެފައިވަނީ ވ.އަތޮޅުން ފެނުނު ހަށިގަނޑުން ބޭނުންވާ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެ ސާމްޕަލްއަކީ އެ ހަށިގަނޑަކީ ކާކުގެ ހަށިގަނޑުކަން ކަށަވަރުކުރުމަށް ޑީއެންއޭ ތަހުލީލު ހެދުމަށް ނެގި ސާމްޕަލެކެވެ.

ވ.އަތޮޅު ކަނޑުމަތިން ހަށިގަނޑެއް ފެނުނީ ވިލިމާލެއިން ވ.އަތޮޅަށް ދަތުރުކުރި ތެޔޮ ބޯޓެއްގައި ތިބި ދެ މީހަކު ގެއްލިގެން ހޯދަމުން ދިޔަ ދުވަސްވަރެއްގައެވެ. އެ ތެޔޮ ބޯޓުން ގެއްލިގެން ހޯދި ދިވެހި މީހާ މާލެއިން ފެނިފައިވެއެވެ.

އެ ބޯޓުން ގެއްލުނު ބަންގުލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 35 އަހަރުގެ މުހައްމަދު ލިޓަން ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެބޯޓުގައި ދަތުރުކުރި ދިވެހި މީހާ ހައްޔަރުކުރީ ލިޓަންގެ މަރުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ