މުއްދަތުހަމަވެފައިވާ ލައިސެންސް މިމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ

ޚަބަރު ފަހުގެ

މުއްދަތު ހަމަވެފައިވާ ޑްރައިވިންގ ލައިސެންސް މިމަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ސޮފްޓްވެއާއަށް ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާތީ، ލައިސަންސް ދޫކުރުމާއިގުޅޭ އެންމެހާކަންކަން މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެންވަނީ މެދުކަނޑާލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ލައިސަންސާއި ގުޅެ ހިދުމަތްތައް މެދުކަނޑާލުމަށްފަހު، ސިވިލްއޭވިއޭޝަން މިނިސްޓްރީން ވަނީ މުއްދަތު ހަމަވެފައިވާ ލައިސަންސް މިމަހުގެ 14 ގެ ނިޔަލަށް ބޭނުން ކުރެވޭގޮތް ހަދާފައެވެ.

ނަމަވެސް މިއަދު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މުއްދަތު ހަމަވެފައިވާ ލައިސަންސްތައް މިހާރު މި މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށެވެ.

ލައިސަންސް ދޫކުރުމުގެ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލީ، ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ބައެއް ތައްޔާރީތައް ވުމަށް ކަމަށް މިނިސްޓްރީން ކުރިން ބުނެފައި ވެއެވެ.

އެއީ، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތް ފެށުމުގެ ކުރިން ޑޭޓާ މައިގްރޭޝަންގެ މަސައްކަތެއް ކުރުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ