ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކައުންސިލަށް ދައްކަންޖެހޭ އަގު މިއޮތީ!

ޚަބަރު ފަހުގެ

ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކައުންސިލަށް ދައްކަންޖެހޭ އަގު އާންމުކޮށްފިއެވެ.

މިގޮތަށް އަގު އާންމުކުރީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:2002/1) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ޤަވާޢިދު ނަމްބަރު: R-181/2022 “ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދު” ގެ 9 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމް ކޮށްފައި އޮތަތީއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކައުންސިލަށް ދައްކަންޖެހޭ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެއްފަރާ ދައްކާނަމަ އަކަފޫޓަކަށް 40.00 (ސާޅީސް ރުފިޔާ) އެވެ. އަދި ފައިސާ ދައްކާ މުއްދަތު 6 (ހައެއް) މަސްދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 60.00 (ފަސްދޮޅަސް ރުފިޔާ) އެވެ.

މި އަގުތަށް 09 ފެބުރުވަރީ 2023 ފެށިގެން ބ. ކިހާދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް އެދޭ ފަރާތަކުން ނަގަން ހަމަޖެހިފައިވާކަމަށް ބ.ކިހާދޫ ކައުންސިލުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ