ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ކްއާޓަރ ފައިނަލް އަދި ސެމީ ފައިނަލް މިރޭ

ކުޅިވަރު ފަހުގެ

ށ.ފުނަދޫ ޒުވާނުންތަކެއް އިސްނަގައިގެން ކުރިޔަށް ގެންދާ ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ފިރިހެން ކްއާޓަރ ފައިނަލް އަދި އަންހެން ސެމީ ފައިނަލް މިރޭ ކުޅެންނިންމައިފިއެވެ.

މި މުބާރާތް ފަށާފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ފިހެނުންގެ ފުޓްސަލް ކުރިޔަށް ގެންގޮސްފައި ވަނީ 4 ގްރޫޕަކަށް ބަހާލެވިގެންނެވެ. ކޮންމެ ގުރޫޕަކުން އެއް ވަނަ އަދި ދެ ވަނަ ކުއާޓަރ ފައިނަލަށް ދާނެހެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ގުރޫޕް އޭ ގައި އުނގަ އެފް.ސީ، ޓިއާމޯ ސްޕޯރޓްސް، ހުއްރިއްޔާ، އޯ.އެމް.ޖީ އެފް.ސީ ހިމެނޭއިރު މި ގުރޫޕުގެ 1 ވަނައަށް 9 ޕޮއިންޓާއެކު ދަތުރުކުރީ އޯ.އެމް.ޖީ އެވެ. ދެވަނައަށް ދަތުރު ކޮށްފައިވަނީ ޓިއާމޯ ސްޕޯރޓްސްއެވެ. ޓިއާމޯ ދެވަނައަށް ދަތުރުކުރީ ހުއްރިއްޔާ އާއި 4 ޕޮއިންޓުން އެއްވަރުވުމުން ފައިދާ ގޯލަށް ބަލާ، ފައިދާ 1 ގޯލުންނެވެ.

ގުރޫޕް ބީ ގައި ސްޓެލައަންސް، ހީރޯސް، އަލްފާ ބްރާވޯ، ޕޮލިސް ފެމިލީ ހިމެނެއެވެ. އަލްފާ ބްރާވޯ، ޕޮލިސް ފެމިލީ ޕޮއިޓް ގޮތުން ވަނީ އެއްވަރު ވެފައެވެ. މި ގޫރުޕުގެ އެއްވަނަ ކަނޑަ އެޅީ ފައިދާ ގޯލަށް ބަލައިގެންނެވެ. 7-6 ކުން ގުރޫޕުގެ އެއްވަނައަށް ގޮސްފައި ވަނީ އަލްފާ ބްރާވޯ އެވެ. ދެވަނަޔަށް ގޮސްފައި ވަނީ ޕޮލިސް ފެމެލީއެވެ.

މިރޭ ކުޅޭ ފުރަތަމަ ކްއާޓަރ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ގުރޫޕް އޭ ގެ އެއްވަނަ އޯ.އެމް.ޖީ އަދި ގުރޫޕު ބީގެ ދެވަނަ ޕޮލިސް ފެމެލީއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 20:30 ހުގައެވެ.

ދެވަނަ ކްއާޓަރ ފައިނަލް މެޗުގައި ބައްދަލު ކުރާނީ ގުރޫޕް ބީ ގެ އެއްވަނަ އަލްފާ ބްރާވޯ އާއި ގުރޫޕް އޭގެ ދެވަނަ ޓިއާމޯ ސްޕޯރޓްސް އެވެ. މި މެޗު މިރޭ 22:30 ކުޅޭނެއެވެ.

ގުރޫޕް ސީ ގައި ރުއްދަނޑު، ބޭވޮޗް، ގްރޯވް، ވުލްވްސް ހިމެނޭއިރު 6 ޕޮއިންޓުން ރުއްދަނޑު އަދި ބޭވޮޗު އެއްވަރު ވީއިރު ފައިދާ 5 ގޯލުން ގުރޫޕްގެ އެވަނަ ގޮސްފައި ވަނީ ރުއްދަނޑު އެވެ.

ގުރޫޕް ޑީ ގައި ޓަރމިނޭޓަރ، ހީރޯސް ޖޫނިއަރ، ޖަވާރޓްސް ހިމެނޭއިރު 6 ޕޮއިންޓުން އެއްވަނައަށް ގޮސްފައި ވަނީ ޖަވާރޓްސް އެވެ. ދެވަނައަށް 3 ޕޮއިންޓާ އެކު ގޮސްފައި ޓަރމިނޭޓަރ އެވެ.

މި ދެ ގުރޫޕް ގެ މެޗުތަށް ކުޅެން ހަމަޖެހިފައި ވަނީ މާދަމާރެއެވެ.

އަންހެނުންގެ ފުޓްސަލް މުބާރާތުގައި ބައިވެރިވީ ހަތަރު ޓީމެވެ. މި ގެތެރެއިން ގިނަ ޕޮއިންޓު ހޯދި ފުރަތަމަ 2 ޓީމް ސެމީ ފައިނަލް ކުޅެ އެތަނުން ބަލިވާ ޓީމް ގުރޫޕް ސްޓޭޖްގެ 3 ވަނަޓީމާ ކުޅެ ފުރަތަ މެޗު އަދި ދެވަނަ މެޗުން މޮޅުވާ ބަޔަކު ފައިނަލް ކުޅޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.

އަންހެން ފުޓްސަލް ގައި ވިކްސެންސް، އެލީޓް ނިންޖާ ، ސެނޮރާސް ، ފްލޮރެންސް ވާދަކޮށް ގުރޫޕް ސްޓޭޖްގެ 1 ވަނައަށް ގޮސްފައި ވަނީ ސެނޮރާސް އެވެ. ވިކްސެންސް، ފްލޮރެންސް 4 ޕޮއިޓުން އެއްވަރު ވީއިރު ފައިދާ ގޯލުން ކުރީގައި އުޅެނީ ފްލޮރެންސް އެވެ.

މިރޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ސެނޮރާސް އާއި ފްލޮރެންސް އެވެ. މިތަނުން ބަލިވާ ޓީމް މާދަމާރޭ ކުޅެން ޖެހޭނީ ވިކްސެންސް އާއެވެ.

ގެވެހި ގުޅުމާއި ބެހޭ ގޮތުން ހޭލުން ތެރި ކުރުމުގެ ހަރަކާތެއް އިއްޔެވަނީ މި މުބާރާތުގެ ބައިވެރިންނަށް ބައްވާފައެވެ. މި ހަރަކާތުގައި ބައިވެރިނަށް މައުލޫމާތު ހިއްސާ ކޮށްދެއްވީ ޖެންޑާގެ ފަރާތުން ށ. ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުގެ މެމްބަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ