ސިޔާސަތުތަކަށް ބަދަލު ނާންނަ ހަމައެކަނި ޕާޓީއަކީ ޢަދާލަތު: ޢިމްރާން

ޚަބަރު ފަހުގެ

އެއް ލީޑަޝިޕުން އަނެއް ލީޑަރޝިޕަށް ބަދަލުވުމުގައި ޕާޓީގެ ސިޔާސަތުތަކާއި، އުސޫލާއި، ހަމަތަކަށް ބަދަލު ނައިސް ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީކަމަށް އެޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ ޢިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ ޢަދާލަތު ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ކުރިއަށްގެންދާ “ހޭރިޔާ” ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދުމުގެ އޮތީ އެންމެ ބޭނުމެއްކަމަށެވެ. ޕާޓީިން ފެށުނީއްސުރެ މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ފުޅާވެ ބޮޑުވަމުން އަންނަ ޑިމޮކްރެޓިކް ވެށި، އިސްލާމީ އަޚްލާގުން ދުރުވިޔަ ނުދިނުމަށްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދާލަތު ޕާޓީއަކީ 2005ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނުމާއެކު، 3ވަނައަށް ރާއްޖޭގައި އުފެއްދި ސިޔާސީ ޕާޓީއެކެވެ. ޢިމްރާން ވިދާޅުވީ ޢަދާލަތު ޕާޓީގެ ކޮންމެ މަސައްކަތެއް ބިނާވަނީ އިސްލާމީ، ޝަރުޢީ އަދި އިސްލާޙީ މަސައްކަތްތަކުގެ މައްޗަށްކަމަށެވެ.

އިމްރާން ވިދާޅުވީ ޕާޓީ އުފެއްދި ދުވަހުން ފެށިގެންވެސް ޕާޓީ ދާންވީ މިސްރާބު ވަރަށް ސާފުކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މަސްރަޙައް އައި ބަދަލުގައިވެސް، ފެށުނީއްސުރެ އެއް ޢަމާޒަކަށް މަސައްކަތް ކުރި ޕާޓީއަކީ އަދާލަތު ޕާޓީކަމަށް ޢިމްރާން ވިދާޅުވިއެވެ.

“ބަދަލެއް ނައިސް އެއްގޮތެއްގައި މަޑުމަޑުން ކުރިއަށްދާ ހަމައެކަނި ސިޔާސީ ޕާޓީއަކީ އަދާލަތު ޕާޓީއޭ ބުނުމަކުން ދޮގަކަށް ނުވާނެ. އެއް ލީޑަޝިޕުން އަނެއް ލީޑަޝިޕަށް ބަދަލުވިއިރުވެސް، ޕާޓީގެ ޢުސޫލާއި ހަމައާއި ޤަބޫލުކުރާ ހަމައަށް ބަދަލެއް ނާދެ.” ޢިމްރާން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ