ވޯޓަކާއި ނުލައި ޖުމްހޫރީ ޕާޓީގެ ބައެއް މަޤާމުތަކަށް ބޭފުޅުން އިންތިޚާބުވެއްޖެ

ފަހުގެ ސިޔާސީ

ވޯޓަކާއި ނުލައި ޖުމްހޫރީ ޕާޓީގެ ބައެއް މަޤާމުތަކަށް ބޭފުޅުން އިންތިޚާބުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 4 ވަނަ ޤައުމީ ކޮންގްރެންސްގެ ތެރެއިން އިންތިޚާބަކާއި ނުލާ މަޤާމުތަކަށް ހޮވުނު ފަރާތްތައް ޢިއުލާންކޮށްފައިވަނީ އެޕާޓީގެ އިންތިޚާބީ ކޮމިޓީންނެވެ. ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެޕާޓީގެ އިންތިޚާބީ މަޤާމަކަށް އެންމެ ކެނޑިޑޭޓަކު ކުރިމަތިލައިފިނަމަ ވޯޓުލުމަކާއި ނުލައި އެކެނޑިޑޭޓަކު މަޤާމަށް އިންތިޚާބުވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ވޯޓުލުމަކާއި ނުލައި އެކި މަޤާމުތަކަށް ހޮވިފައިވާ ފަރާތްތަކުގެ ތެރޭގައި އެޕާޓީގެ ލީޑަރުގެ މަޤާމަށް ޤާސިމް އިބްރާހީމްވަނީ އިންތިޚާބުވެފައެވެ. މީގެ އިތުރުން ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމަށް ޢަބްދުﷲ ޔާމީންއާއި، ޒުވާނުންގެ ލީގުގެ ނައިބު ރައީސްގެ މަޤާމަށް ޝުޢައިބު ޝިފާޒް ޝަރީފްއާއި، އަންހެނުންގެ ލީގުގެ ސެކްރެޓަރީގެ މަގާމަށް އައިޝަތު ޝޫޒާ އަޙްމަދުވަނީ ވޯޓަކާ ނުލާ އިންތިޚާބުވެފައެވެ.

އިއްޔެއިން ފެށިގެން ކުރިއަށްދާ ޖޭޕީގެ ޤައުމީ ކޮންގްރެންސްގައި ޕާޓީގެ މެމްބަރުގެ އަޣްލަބިއްޔަތުންވަނީ ޖޭޕީގެ ރައީސްގެ މަޤާމާއި ނައިބު ރައީސްގެ މަޤާމު އުވާލާފައެވެ. މިމަޤާމުތައް އުވާލުމުގެ ކުރިން ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދެވެ. އަދި ނާއިބު ރައީސްއަކަށް ހުންނެވީ އަޙްމަދު ސަޢުދެވެ. މިމަޤާމުތައް އުވާލުމާއި ގުޅިގެން މިވަގުތު ޖޭޕީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ލީޑަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ