މަޢުލޫމާތު ބަދަލުވެގެން ހައްދާ އައިޑީ ކާޑުގެ އަގަށް ބަދަލު ގެނެސްފި

ޚަބަރު ފަހުގެ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގައި މަޢުލޫމާތު ބަދަލުވެގެން ހައްދާ ކާޑުގެ އަގަށް ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން، ޑީ.އެން.އާރްއިން ބަދަލު ގެނެސްފިއެވެ.

ކުރިން މިގޮތަށް މަޢުލޫމަތު ބަދަލުވެގެން ހައްދާ ކާޑު ހެއްދެނީ 50 ރުފިޔާ ދައްކައިގެންނެވެ. އަގަށް ގެނެސްފައިވާ ބަދަލާއެކު މިހާރު ކާޑުގެ މަޢުލޫމާތު ބަދަލުކޮށް ކާޑު ހެއްދޭނީ 150 ރުފިޔާއަށެވެ. ނަމަވެސް އަގަށް ބަދަލުގެނައި ސަބަބު ޑީ.އެން.އާރްއަކުން ހާމަކޮށްފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގައި މިހާރު ބޭނުންކުރާ އައިޑީ ކާޑަކީ 1980 އަހަރު ބޭނުންކުރަން ފެށި އައިޑީ ކާޑެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ