ކޮލަރޯވް އިންޓަ މިލާނަށް ބަދަލުވެއްޖެ

ކުޅިވަރު ފަހުގެ

ރޯމާއަށް ކުޅެމުން އައި ސާބިއާގެ ޑިފެންޑަރު އަލެކްސަންޑަ ކޮލަރޯވް އިންޓަ މިލާނަށް ބަދަލުވެއްޖެއެވެ.

ރޯމާ ދޫކޮށް އުމުރުން 34 އަހަރުގެ ކޮލަރޯވް އިންޓައަށް ބަދަލުވީ 1.5 މިލިޔަން ޔޫރޯއަށެވެ. އޭނާ ވަނީ އިންޓައާއެކު އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އަދި އިންޓައިން ބޭނުންވެއްޖެ ނަމަ، އެ އެއްބަސްވުމުގެ ދަށުން ކޮލަރޯވް އިތުރު އެއް އަހަރަށް އިންޓަގައި ބެހެއްޓުމުގެ ފުރުސަތު ލިބެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ކުރިން ލާޒިއޯ އާއި މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައިވާ ކޮލޮރޯވް ރޯމާއާ ގުޅުނީ 2017 ވަނަ އަހަރު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން ރޯމާގައި ހޭދަކުރި ތިން ސީޒަނުގައި ކޮލޮރޯވް ވަނީ އެޓީމަށް 132 މެޗު ކުޅެދީ 19 ލަނޑު ކާމިޔާބުކޮށްފައެވެ.

ރޯމާއާއެކު ކޮލަރޯވްއަށް ބޮޑު ކާމިޔާބެއް ހޯދިފައި ނުވި ނަމަވެސް، އޭނާ ވަނީ ސިޓީގައި ހޭދަކުރި ހަތް ސީޒަނުގައި އެޓީމާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ލާޒިއޯގައި ހޭދަކުރި ދުވަސްތަކުގައި ކޮލޮރޯވް ވަނީ އެޓީމާއެކު އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ