ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ފައި ނަލުގެ ފުރަތަމަ ޖާގަ ސެނޮރާސްއަށް

ކުޅިވަރު ފަހުގެ

ށ. ފުނާދޫގައި ފޯރިޔާއެކު މިހާރު ކުރިޔަށްދާ ޔުނިޓީ ކަޕް 2020 ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެނޮރާސް ހޯދާ، އަލްފާ ބްރާވޯ އާއި ޕޮލިސް ފެމިލީ ސެމީ އަށް ދަތުރު ކޮށްފިއެވެ.

ރޭ ކުޅެވުނު އަންހެނުންގެ ފުޓްސަލް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރީ ސެނޮރާސް އާއި ފްލޮރެންސް އެވެ. މިމެޗު 5-4 ކާމިޔާބު ކޮފައިވަނީ ސެނޮރާސް އެވެ. އެޓީމަށް ގޯލް ޖަހައިދީފައި ވަނީ ނައުރާ އާއި އަފާ އަލީ އެވެ. އަފާ 1 ގޯލް ކަމިޔާބު ކުރިއިރު ނައުރާ ވަނީ 4 ގޯލް ކާމިޔާބު ކޮށްދީފައެވެ.
ޕްލޮރެންސްއަށް ގޯލް ކަމިޔާބު ކޮށްދީފައިވަނީ ޒައިނާ އާއި އިބާނާ އަދި އާގިލާ އެވެ. އަގިލާ 2 ގޯލް ޖެހިއިރު ދެން ތިބި ދެ ކުޅުންތެރިން ވަނީ ގޯލެށް ކާމިޔާބު ކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސެނޮރާސްގެ ޖާޒީ ނަންބަރު 8 ނައުރާ އެވެ.

އިޝްތިހާރު
އިޝްތިހާރު

ސެނޮރާސް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރިއިރު ފައިނަލްގެ ދެވަނަޖާގަ ކަށަވަރު ވާނީ މިރޭ ކުޅޭ ދެވަނަ ސެމީ ފައިނަލް މެޗަށްފަހުއެވެ. މިރޭ 21:30ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ފްލޮރެންސް އަދި ވިކްސެންސް އެވެ.

ފިރިހެނުންގެ ފުޓްސަލް ކްއާޓަރ ފައިނަލް ދެމެޗު ކުޅުނުއިރު ފުރަތަމަ މެޗުގައި ކުޅުނީ ގުރޫޕް އޭގެ އެއްވަނަ އޯ.އެމް.ޖީ އަދި ގުރޫޕު ބީގެ ދެވަނަ ޕޮލިސް ފެމެލީއެވެ. 8-2 ކުން މެޗު ކާމިޔާބު ކުރީ ޕޮލިސް ފެމެލީއެވެ. އެޓީމުގެ ގޯލްތަށް ކާމިޔަބު ކޮދިނީ ސައުގަތު އަދި ވަށްޑެއެވެ. ވަށްޑެ 7 ގޯލް ޖެހިއިރު ސައުގަތުވަަނީ 1 ގޯލް ކާމިޔާބު ކޮފައެވެ. އޯ.އެމް.ޖީ ގެ 2 ގޯލް ޖަހައިދިނީ މުހައްމަދު އަރީފު އަދި އަލީ އަލްހަމް އެވެ.

ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ބީ ގެ އެއްވަނަ އަލްފާ ބްރާވޯ އާއި ގުރޫޕް އޭގެ ދެވަނަ ޓިއާމޯ ސްޕޯރޓްސް އެވެ. 8-3 ކާމިޔާބު ކުރީ އަލްފާ ބްރާވޯ އެވެ. އަލްފާ ބްރާވޯ ގޯލް ޖަހައި ދީފައިވަނީ މަފާޒު، އަޝްރަފު، އަލީ އިބުރާހިމް އެވެ. މަފާޒު 6 ގޯލް ޖެހިއިރު ދެން ތިބި ކޮންމެ ކުޅުން ތެރިއެށް ވަނީ ގޯލެށް ޖަހާފައެވެ. ޓިއާމޯ ސްޕޯރޓްސް ގޯލް ޖަހައިދިނީ އަހްމަދު ޒާހިދު (ޒާބެ) އަދި ހުސައިން ސިޔާމް އެވެ. ކޮންމެ ކުޅުތެރިޔަކު ވަނީ 2 ގޯލް ކާމިޔާބު ކޮށްފައެވެ.

ޕޮލިސް ފެމެލީ، އަލްފާ ބްރާވޯ ސެމީގައި ބަދަލު ކުރަން ޖެހޭއިރު ގުރޫޕް ސީ އަދި ޑީ ސެމިޔަށް ދާ ބަޔަކު އިގިގެންދާނީ މިރޭ ކުޅޭ ކްއާޓަރ ފައިނަލް މެޗު ތަކަށްފަހުއެވެ.

މިރޭ 20:30 ހުގައި ގުޅޭ ކްއާޓަރ ފައިންލް ގައި ބަދަލު ކުރާނީ ގުރޫޕް ސީ ގެ އެވަނަ ރުއްދަނޑު އަދި ގުރޫޕު ޑީ ގެ ދެވަނަޓަރމިނޭޓަރ އެވެ. އަދި މިރޭ 22:30 ކުޅެވޭ ކްއާޓަރ ފައިންލް ގައި ބަދަލު ކުރާނީ ގުރޫޕް ޑީގެ އެށްވަން ޖަވާރޓްސް އާއި ގުރޫބު ސީގެ ދެވަނަ ބޭވޮޗު އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ