އެންސްޕާ ކުރިން ހިންގި ޢިމާރާތަށް ގަލޮޅު ޕޮލިސް ސްޓޭޝަން ބަދަލުކޮށް ހުޅުވައިފި

ޚަބަރު ފަހުގެ

ކުރިން އެންސްޕާ ހިންގަމުން އައި އިމާރާތަށް ގަލޮޅު ޕޮލިސް ސްޓޭޝަން ބަދަލުކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.

މީގެ ކުރިން ގަލޮޅު ޕޮލިސް ހިންގަމުން އައީ އަމީނީމަގުގައި ހުންނަ މާލެހިޔާގައެވެ. ގަލޮޅު ޕޮލިސް ސްޓޭޝަނުގެ އާ އިމާރާތް ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އިޝްތިހާރު
އިޝްތިހާރު

މާލެހިޔާގައި ހިންގަމުން އައި ގަލޮޅު ޕޮލިސްގެ ޚިދުމަތް ކުރިން އެންސްޕާ ހިންގި އިމާރާތަށް ބަދަލުކޮށްފައި ވަނީ، މާލެ ހިޔާގެ އިމާރާތް ވަރަށް ބޮޑަށް ބާވެފައި ވާތީއެވެ. ގަލޮޅު ޕޮލިސްގެ ޚިދުމަތް އެ އިމާރާތަށް ބަދަލުކުރަން ނިންމީ، ގަަލޮޅު ޕޮލިސް ހިންގުމަށް މާލެއިން އެކަށީގެންވާ އިމާރާތެއް ހޯދުމަށް އިއުލާނުކުރުމަށް ފަހު، އެކަމަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިންނެވެ.

އެ އިމާރާތް ކުއްޔަށް ހިފާފައިވަނީ ދެ އަހަރާ ބައިގެ މުއްދަތަކަށް ކަމަށާއި، އެ ތަނުގައި މިހާރު ގަލޮޅު ޕޮލިސްގެ ރެސްޕޯންސް އޮފިސަރުންނާއި، އިންވެސްޓިގޭޝަން އޮފިސަރުން އަދި ނެއިބަރހުޑް އޮފިސަރުންވެސް މަސައްކަތްކުރާނީ އެތަނުގައި ކަމަށެވެ. ފުލުހުން ބުނީ މިއާއެކު ފުލުހުން ގަލޮޅު ޕޮލިސް މެދުވެރިކޮށް ދެމުން އައި ޚިދުމަތް ހަރުދަނާވެގެން ދާނެކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ