ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ޚަބަރު ފަހުގެ

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާކަން ހާމަކޮށް ޑިފެންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާއަށް އެދޭ ފަރާތްތަކުން އޭޕްރީލް 16 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާ ހަމައަށް މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭކަމަށެވެ. އީމެއިލް މެދުވެރިކޮށްވެސް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ސިފައިންގެ ވަޒީފާއަށް އެދޭ މީހުން ވާން ޖެހޭނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ދިވެއްސަކަށް ކަމަށެވެ. އުމުރުފުރާ ބަލާނީ އޭޕްރީލް 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ސިފައިންގެ ވަޒީފާއަށް އެދޭ މީހަކީ އެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވާން ޖެހޭނެއެވެ. އަދި އިސްކޮޅުގައި އަންހެނެއް ނަމަ 5 ފޫޓު 3 އިންޗި ހުންނަން ޖެހޭއިރު ފިރިހެނެއް ނަމަ 5 ފޫޓު 5 އިންޗި ހުންނަން ޖެހޭނެއެވެ. އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެގެން ނުވާނެއިރު ވަޒީފާއަށް އެދި ހުށަހަޅާ މީހަކީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރިކޯޑެއް އޮތް މީހަކު ކަމުގައިވެސް އެމީހަކު ވެގެން ނުވާނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށްދެވޭ ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ވެސް ބަލާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ