ހުޅުމާލޭގައި ކްލޭ ސްޓޫޑިއޯ ރަސްމީކޮށް ހުޅުވައިފި

ޚަބަރު ފަހުގެ

ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފި އެވެ. ސްޓޫޑިއޯ ހުޅުއްވައިދެއްވީ ހައުސިންގ ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފްއެވެ. މި ކްލޭ ސްޓޫޑިއޯ ހުޅުވާފައި ވަނީ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފްލޯރ ގައެވެ.

މި ސްޓޫޑިއޯ އިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގައެވެ. މީގެ އިތުރަށް އެ މަސައްކަތް ތަޖުރިބާކޮށްލަން އެދޭ ފަރާތްތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދެއެވެ.

އިޝްތިހާރު
އިޝްތިހާރު

އޭގެ ތެރޭގައި ރައްޓެހިންނާއި އެކުވެރިންނާއި އެކު ނެގޭ ގަޑިތަކާއި އިންޑިވިޖުއަލް ގަޑިތައް ވެސް ހިމެނެއެވެ. އަދި ކުޑަކުދިންނަށް ވެސް މި ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު މި ސްޓޫޑިއޯއިން ފަހިކޮށްދެއެވެ.

މީގެ އިތުރަށް އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ވެސް ބާއްވާއިރު ފްރީލާންސް އާޓިސްޓުންނަށްވެސް ސްޓޫޑިއޯ ބުކްކޮށް ބޭނުންކުރެވޭނެއެވެ.

ފަންނުވެރި ހުނަރުވެރި ތަޖުރިބާކާރުންތަކެއް ހިންގާ މި ސްޓޫޑިއޯ އަކީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ