ހިޔާގެ 8 ޓަވަރަކުން ކަރަންޓު ކެނޑިއްޖެ

ޚަބަރު ފަހުގެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ހިމެނޭ 8 ޓަވަރަކުން ކަރަންޓު ކެނޑިއްޖެއެވެ.

ހިޔާ ޓަވަރުގެ ކަރަންޓު ވަޔަރިން މަސައްކަތްތައް ކޮށްފައިވަނީ އެ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރެވެ. ނަމަަވެސް ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދެނީ ސްޓެލްކޯގެ ކަރަންޓު ވިއުގައިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސްޓޭލްކޯއިން ބުނީ ހިޔާ ޓަވަރު 1 އިން ފެށިގެން ހިޔާ ޓަވަރު 8އާ ހަމައަށް ހުރިހާ ޓަވަރަކުން ކަރަންޓު ކެނޑިފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗް ގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެންކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުންކަމަަށް ސްޓެލްކޯއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ