ދަރިވަރުގެ އަޖައިބު ކުރުވަނިވި ޖަވާބު

ވާހަކަ މުނިފޫހި ފަހުގެ

ސްކޫލްގެ ދަރިވަރުންގެ އިމްތިހާނުގެ ދުވަސްވަރެވެ. އެއިން އިމްތިހާނެއްގައި ދަރިވަރުންނަށް ހަވާލު ކުރެވިފައިވާ މަސައްކަތަކީ އެކުއްޖަކު ބޮޑުވެގެން ވާންބޭނުން ވަނީ ކޮންކަހަލަ ޝަހުސަކަށްތޯ ކުރެވިފައިވާ ސުވާލަކަށް ޖަވާބު ދިނުމެވެ. ދަރިވަރުން ވަރަށް ފޯރީގައި އިމްތިހާނު ހަދައި ނިންމާލިއެވެ. އަދި ސުވާލު ކަރުދާސް ޓީޗަރާ ހަވާލުކޮށް ދަރިވަރުން ގެޔަށްދިޔައެވެ.

އިމްތިހާނުގެ ދުވަސްވަރު ކަމުން އިތުރު މަސައްކަތެއް ނެތުމުން ޓީޗަރުވެސް ޕޭޕަރުތައް ހިފައިގެން ގެޔަށް ދިއައެވެ. އެއަށްފަހު ޕޭޕަރު ޗެކްކުރަން ފެށިއެވެ. ކުދިންގެ ޕޭޕަރު ޗެކް ކުރަމުން ދަނިކޮށް ޓީޗަރަށް ގިސްލާ ރޮވިއްޖެއެވެ. އެޔާއެކު ފިރިމީހާ ސުވާލު ކުރިއެވެ. ރޮނީ ކީއްވެހެއްޔެވެ؟ ޖަވާބުގައި ޓީޗަރު އެ ލިޔުން ލިޔެފައިވާ ޕޭޕަރު ދިއްކޮލިއެވެ. އޭގައިވާއެއްޗެއް ފިރިމީހާ ކިޔާލިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ކިޔާފައި ފިރިމީހާ އެހިއެވެ. މި ކިޔާ ތިޔަވަރަށް ތިޔަ ރޮވުނީ ކީއްވެހެޔެ؟ މިއީ ފަހަރުގައިި އެކުއްޖާގެ މަންމަ އަދި ބައްޕަ އެކުއްޖާއަށް ކަނަތައް ކުރާގޮތުން ލިޔެފައިވާ އެއްޗަކަށް ވެދާނެނޫން ހެއްޔެވެ.

އެއާއެކު ޓީޗަރު ގިސްލަމުން ބުނެލިއެވެ. މިއީ އެހެން މީހެއްގެ ދަރިއަކު ލިޔެފައިވާ އެއްޗެއް ނޫނެވެ. މިއީ އަހަރެމެން ދެމީހުންގެ ވެސް ދަރި ލިޔެފައިވާ ލިޔުމެކެވެ.

އެލިޔުމުގައި ވަނީ “އަހަރެން ބޮޑު ވެގެން ވާންބޭނުންވަނީ ސްމާޓް ފޯނަކަށެވެ. އޭރުން އަހަރެންގެ މަންމަ އަދި ބައްޕަ އަހަންނަށް ވަގުތު ހުސްކުރާނެއެވެ. އަހަނަނަށް ބަލާ ހީ ވައްތަރު ޖައްސާ ހަދާނެއެވެ. އަދި ލޯބިން ފިރުމާ ހަދާނެއެވެ.”

ދަރިވަރަކު މިފަދަ އިބާރަތެއް ލިޔުން މިހާރުގެ މުޖުތަމައުއަށް ބަލާފިނަމަ ހަމަ އެންމެ އެދެވިގެންވެއެވެ. ތިމާ ކިތަންމެ ބުރަކޮން އުޅެން ޖެހުނަސް ދަރިންނަށް ވަގުތު ކޮޅެއް ކޮންމެ ދުވަހަ ވެސް ހުސްކުރަން އާދަކުރާށެވެ. ނޫނީ މިލިޔުމުގައި އުޅުން ޓީޗަރަށް މިދިމާވި ކަހަލަ ކަމެއް ދިމާ ވެދާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ