ތިން ވަނަ “ވިއަވަތި ރާއްޖެ” މަހާސިންތާ ހަނިމާދޫގައި ބާއްވަން ނިންމައިފި

ޚަބަރު ފަހުގެ

ތިން ވަނަ “ވިއަވަތި ރާއްޖެ” މަހާސިންތާ ހަނިމާދޫގައި ބާއްވަން ނިންމައިފި އެވެ.

މި މަހާސިންތާ ބާއްވަން ނިންމާފައި ވަނީ މެއި 12-14 އަށެވެ. މި މަހާސިންތާގެ ތައްޔާރީތައް ރައީސް އޮފީހުން މިހާރު އަންނަނީ ވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

“ވިއަވަތި ރާއްޖެ” ފުރަތަމަ މަހާސިންތާ މެދުރާއްޖޭގެ އަތޮޅުތަކަށް ޚާއްސަކޮށްގެން، މިދިޔަ އަހަރުގެ މެއި މަހު ބޭއްވީ އއ. އުކުޅަހުގައެވެ. މީގެ ދެވަނަ މަހާސިންތާ ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ބޭއްވި ލ. ގަމުގަ އެވެ.

“ވިއަވަތި ރާއްޖެ” މަހާސިންތާގެ މައިގަނޑު ބޭނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކުރައްވައި، ކައުންސިލުތައް ބާރުވެރިކުރުމަށް ފަށްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ކައުންސިލުތަކަށް ލިބިދިނުމަށް، ޤާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލްތައް އަހުލުވެރިކުރުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ