އައްޑޫ ސިޓީން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

އައްޑޫ ސިޓީގައި ކުޑަކުއްޖަކު ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ، މިކުއްޖާގެ އިތުރުންވެސް ހިމަބިހި ޖެހުނު ކަމަށް ބެލެވޭ އިތުރު ކުޑަކުއްޖަކު އައްޑޫން ދެނެގަނެވި ކޮންފަރމް ކުރުމަށް ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މި 2 ކުދިންގެ ގައިންވެސް ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ މި 2 ކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔަކަށް ވުމާއިއެކު ބަލީގެ އެންމެ ކޭސްއެެއް ފެނުނު ނަމަވެސް ބެލެވޭނީ އައުޓްބްރޭކެއްގެ ގޮތުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެހެންކަމުން މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކޮންޓެކްޓުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ ދަށުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ދަނީ ކުރަމުންނެވެ. އަދި ވެކްސިން ޖަހަންޖެހޭ ފަރާތްތަކަށް ވެކްސިން ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތަކީ ހުން އައުމާއިއެކު ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެއިތުރުން ކެއްސުން، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ފަދަ ބައެއް އަލާމާތްތައްވެސް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ އަލަމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްހީ ޚިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ