ސަރުކާރު ބަންދުވިޔަސް ބުރާސްފަތި ދުވަހު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ: އިމިގްރޭޝަން

ޚަބަރު ފަހުގެ

ސަރުކާރު ބަންދުވި ނަމަވެސް، އަންނަ ބުރާސްފަތި ދުވަހު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

މާދަމާއަކީ އައު އަހަރު ފެށޭ ދުވަސްކަމުގައިވުމުން އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އަދި އެ ދުވަހާ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް 24 ގަޑިއިރު ހުށައެޅޭނެ ކަމަށެވެ. އަދި 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30 އިން 14:00 އާ ދެމެދުގެ ވަގުތެއްގައި ހުށައެޅޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި ހަމަ އެ ވަގުތު، ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުންވެސް ކުރިއަށްދާނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ޢާއްމުގޮތެއްގައި ބަންދު ދުވަސްތަކާއި ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް މެދު ކެނޑުމެއްނެތި ފޯރުކޮށްދެއެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ