މާލެ އާއި 912 ކިލޯމީޓަރު ކައިރިއަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އިން ވިދާޅުވީ، 4.7 މެގްނެޓިއުޑް ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ ކްލާސްބަރގ ރިޖްއަށް ކަމަށެވެ.
މެޓް އިން ވިދާޅުވެފައިވާގޮތުގައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ނުފެނެއެވެ.