50 މައިކްރޯންއަށްވުރެ ތުނި ކޮތަޅު މިންކުރާނެ އާލާތް ކަސްޓަމްސްއަށް ފޯރުކޮށްދީފި

ޚަބަރު ފަހުގެ

50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު މިން ކުރާނެ އާލާތް އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސްއާއި ޙަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންވަނީ ސިންގަލްޔޫސް ޕްލާސްޓިކުގެ ބައެއް ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކޮށްފައެވެ. މިޤަރާރު ތަންފީޒުކުރުމުގެ ގޮތުން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅުގެ ބޯމިން ދެނެގަތުމަށް ބޭނުންވާ އާލާތް މިނސްޓްރީ އޮފް އެންވަޔަރަމެންޓްގެ ފަރާތުން މިހާރުވަނީ މޯލްޑިވްސް ކަސްޓަމްސްއާއި ޙަވާލު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މިތަކެތި ޙަވާލު ކޮށްފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި މޯލްޑިވްސް ކަސްޓަމްސް އާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖެ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޑެޕިއުޓީ މިނިސްޓަރ، މުޙައްމަދު އަންސަރެވެ. އަދި މޯލްޑިވްސް ކަސްޓަމްސްގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ، މުޙައްމަދު މާނިޢުއެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ އެކި ބާވަތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ނިންމަވާ ވަކި ބާވަތްތައް މިޤަރާރުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން ކަނޑައަޅާ ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ 2022 ވަނަ އަހަރުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ